ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގުން ހޯދައިފި

Bodu thiladhunmathi futsal challenge ge champion kan bodumagu in hoadhaifi

ޗެންޕިއަން ބޮޑުމަގު

0

ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024ގެ ޗެންޕިއަންކަން ބޮޑުމަގުން ހޯދައިފިއެވެ.

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދިޔަ މި ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން ބޮޑުމަގުން ހޯދީ ފައިނަލް މެޗްގައި އެންވީކޭގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތިރިއަކަށް ހޮވިފައިވަނީ އެފްސީ ބޮޑު މަގުގެ ޖާޒީ ނަންބަރު 88 ހަސަން ޝާމިލްއެވެ.

 މެޗްގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އެންވީކޭ އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑް ނަގާފައެވެ. ނަމަވެސް ބޮޑުމަގުން ވަނީ 2 ވަނަ ހާފްގެ ކުރީކޮޅު ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗްގެ 31 ވަނަ މިނަޓްގައި ބޮޑުމަގުން ވަނީ އެޓީމްގެ 2 ވަނަ ލަނޑު ޖަހާ މެޗެގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު ކާމިޔާބް ކޮށްދިނީ ލިބުން ހިލޭ ޖެހުމަކުން އެ ޓީމްގެ ޖާސީ ނަންބަރު 17 އިބްރާހީމް ސިމާހް އެވެ.

މެޗްގެ ލީޑް ބޮޑުމަގުން ނެގި ނަމަވެސް މާ ގިނަ އިރު ތަކެއްނުވެ އެންވީކޭ އިން ވަނީ އެ ޓީމްގެ 2 ވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗްގެ 35 ވަނަ މިނަޓްގައި ބޮޑުމަގުން ވަނީ އެ ޓީމްގެ 3 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހާ ދިނީ މެޗްގެ މޮޅު ކުޅުންތެރިޔާ ހަސަން ޝާމިލްއެވެ.

 

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރި އަަކަށް ހޮވިފައިވަނީ ބޮޑުމަގުގެ ޖާސީ ނަންބަރު 17 އިބްރާހީމް ސިމާހް އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ބޮޑުމަގުގެ އަހުމަދު ރިކްޒާން އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

  • މުހައްމަދު ޝާއިން (ޓީމް ނާވައިދޫ)
  • އިބްރާހީމް ސިމާހް (ބޮޑުމަގު)
  • ހަސަން އިރުޝާދު (ބޮޑުމަގު)
  • ހުޒައިފަތު ރަޝީދު (އެންވީކޭ)
  • މުހައްމަދު މަދީހް (އެންވީކޭ)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބޮޑުމަގުގެ ކޯޗް މުހައްމަދު އަރީބް އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

އިތުރު ލިޔުންތައް